ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށް

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފަރެސްމާތޮޑާއަށް ވަނީ 104.4 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ފަރެސްމާތޮޑާއަށް ފަހު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ކާޑެއްދޫއަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައާ ގުޅިގެން، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

އަދި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިއަދު ހެނދުނު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް