ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަނަންސްގެ 7 ވަނަ ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމާއި ކަނޑުތަކުގެ ވެރިކަން އިންސާފުވެރިކަމާއެކު ހިންގުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން މުހިންމު ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޝިޔާމް ވަނީ، ކަނޑުގެ ސައިންޓިފިކް ދިރާސާތައް ކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރިކަން އިތުރުކުރުން މުހިންމު ކަމަށް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ތަރައްގީވަމުން އަންނަ ޖަޒީރާ ޤައުމުތަކަށް ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ މަންފާއާއި ފުރުސަތުތައް ފަހިކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.





