ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާއަށް އޭއޭއޭއެޗް އެވޯޑު ލިބިއްޖެ

ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ހެލްތު މިނިސްޓްރީއަށް އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު (އޭއޭއޭއެޗް) އެވޯޑު ލިބިއްޖެ ކަމަށް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، މި އެވޯޑު ލިބުނީ އިންޑޮނޭޝިއާގެ ބާލީގައި ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގައެވެ. އެގޮތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހުމަދު އަޝްރަފެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުހެ ގޮތުން ލިބުނު އެވޯޑެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ޝަރަފުވެރި ކާމިޔާބީއަކީ، ރައްޔިތުންނަށް ފުރިހަމަ ސިއްހީ ޚިދުމަތް ކަށަވަރުކޮށްދިނުމަށް މެދުކެނޑުމެއްނެތި ކުރާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ދުންފަތާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް ވެސް މިދިޔަ އަހަރުގެ މެއި 29 ގައި ވަނީ ލިބިވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް