މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު

ބަންކަރިން ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ނުލިބުނު ނަމަވެސް، މިހާތަނަށް އެ ހިދުމަތުން 90.07 މިލިއަން ޑޮލަރު (1.39 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހެޅުނު އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ، 2024 ސެޕްޓެމްބަރު 10 ގައި ފެށި މި ހިދުމަތަކީ ކުރީގެ ސަރުކާރުތަކުން ވާހަކަދައްކަމުން އައި ނަމަވެސް، އަމަލީ ސިފައެއް ގެނެވުނު މި ސަރުކާރުން ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްގެންދަނީ އެސްޓީއޯއިން ކަމަށްވާތੀ، އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެސްޓީއޯގެ ބޭފުޅުން ވެސް މަޖިލީހަށް ހާޒިރުކުރެވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބަންކަރިން ހިދުމަތުގެ އާމްދަނީގެ ތަފާސްހިސާބު:

  • މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީ: 90.07 މިލިއަން ޑޮލަރު (1.39 ބިލިއަން ރުފިޔާ).

  • ފުރަތަމަ އެއް އަހަރު: 12 މިލިއަން ޑޮލަރު (112 މިލިއަން ރުފިޔާ).

  • މިދިޔަ މާޗުގެ ނިޔަލަށް: 47 މިލިއަން ޑޮލަރު (730 މިލިއަން ރުފިޔާ).

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް