ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި 5 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 1 ސަރަހައްދުގައި ހުންނަ "މެރިނޭޓް" ކެފޭގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ، ކެފޭގެ ގޭސްފުޅީގައި ރޯވެ ހިނގި މި ހާދިސާގައި ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ކެފޭގެ އިތުރު ބަޔަކަށް ނުވަތަ އެހެން ތަނަކަށް ގެއްލުމެއް ލިބިފައި ނުވާކަންވެސް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް