ސީ ޓު އެއާ ކާގޯ ހިދުމަތް: ކޮމްބޯޑިއާއިން ގެނައި މުދާ

 ރާއްޖޭގައި ސީ-ޓު-އެއާ ކާގޯގެ ޚިދުމަތް ތަޢާރަފުކުރުމާއެކު، މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން 319 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 299 މިލިއަން ޑޮލަރާ އަޅާބަލާއިރު 6.8 އިންސައްތައިގެ އިތުރުވުމެކެވެ.

މި އާމްދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވަނީ ކަނޑުމަގުން ރާއްޖެ ގެންނަ މުދާ ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން މަންޒިލްތަކަށް ފޮނުވުމަށް 2024 ވަނަ އަހަރުގެ މެއި މަހު ތަޢާރަފުކުރި ސީ-ޓު-އެއާ ކާގޯގެ ޚިދުމަތާ ގުޅިގެންނެވެ. އެގޮތުން، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަނިވެސް މި ޚިދުމަތުގެ ދަށުން 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ.

މި ޚިދުމަތް ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ 17 އަށްވުރެ ގިނަ އެއާލައިނުން މިހާރު ވަނީ މި ނިޒާމާ ގުޅިފައެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ ފްލައިޓުތައް ދަތުރުކުރާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަކީ ސަރަޙައްދީ ކާގޯ ހަބަކަށް ހެދުމަށް ސަރުކާރުން އަންނަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް