އެމްޓީސީސީ ބަސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބޭނުންކޮށް ބާވެފައިވާ ހަތް ބަހެއް ނީލަން ކިޔުމަށް ކުރިން ކުރި އިއުލާންތަކަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ ބަސްތަކުގެ ނީލަން ފެށޭ އަގު 3,000 ރުފިޔާއަށް ކުޑަކޮށް އަލުން އިއުލާންކޮށްފިއެވެ.

އެމްޓީސީސީން އެންމެ ފުރަތަމަ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު މި ބަސްތައް ނީލަން ކިޔަން އިއުލާންކުރީ ފެށޭ އަގަކަށް 25,000 ރުފިޔާ ޖެހުމަށްފަހުއެވެ. ނަމަވެސް، ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ ސެޕްޓެމްބަރު 30 ގައި އަގު 15,000 ރުފިޔާއަށް ކުޑަކުރުމަށްފަހު، މިހާރު ވަނީ ފެށޭ އަގަކީ 3,000 ރުފިޔާ ކަމަށާއި މަދުވެގެން އިތުރުކުރެވޭނެ އަގަކީ 500 ރުފިޔާ ކަމަށް ކަނޑައަޅާފައެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ހަތް ބަހުގެ ތެރޭގައި ހުޅުމާލޭގައި އޮތް 4 ބަހަކާއި ލ. ގަމުގައި އޮތް 3 ބަސް ހިމެނެއެވެ. މި ނީލަމުގައި ބައިވެރިވުމަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 2,000 ރުފިޔާ ބަހައްޓަންޖެހޭއިރު، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެންމެ މަތީ އަގުގެ ގޮތުގައި އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. އިތުރު މައުލޫމާތު އެ ކުންފުނީގެ ނަންބަރު 1650 މެދުވެރިކޮށް ލިބޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް