ޅ. އޮޅުވެލިފުށި ބަނދަރު މަޝްރޫއުގެ ކީ ވޯލް ހަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ

ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ކަމަށްވާއިރު، މިހާރު ކުރިއަށްދަނީ ބަނދަރުގެ ކީ ވޯލް ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ޖުމުލަ 66.40 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން ބަނދަރު ސަރަހައްދު ފުންކުރުމާއި، ބޭރުތޮށިލުމާއި، ރިވެޓްމެންޓް ޖެހުމުގެ އިތުރުން އެއްގަމުތޮށި ލުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން ރޭމްޕެއް ހެދުމާއި، އާރްސީ ބްރިޖެއް، އާރްސީ ޖެޓީއެއް އަދި ހާބާ ޕޭވްމަންޓެއް ހެދުން ފަދަ މުހިންމު މަސައްކަތްތައް މި މަޝްރޫއުގައި ހިމެނެއެވެ.

އަދި ހަމައެއާއެކު، ބަނދަރާއި ނެރު ބައްތި ހަރުކުރުމާއި، ފެރީ ބަނދަރުކުރުމަށްޓަކައި ޚާއްސަ އެކްސަސް ޕްލެޓްފޯމެއް ތަރައްގީކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް