ޓްރިވެންޑްރަމުން ގެއްލުނު ދިވެހި މީހާ ފެނިއްޖެ

އިންޑިއާގެ ޓްރިވެންޑްރަމުން ގެއްލިގެން ހޯދަމުންދިޔަ ދިވެހި މީހާ ފެނިފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ޒިޔާރަތްކުރާ ޓްރިވެންޑްރަމުން ގެއްލިފައިވަނީ ރ. މީދޫ، އަތަމާގެ، އުމުރުން ދުވަސްވީ އަލީ އިބްރާހިމް (އައްޔަބެ) އެވެ. އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ފަތިހު 5:30 ހާއިރު ކަމަށް އާއިލާއިން ކުރިން ވަނީ މައުލޫމާތު ދީފައެވެ.

އާއިލާއިން މިހާރު ހާމަކޮށްފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ އައްޔަބެ މިހާރު ވަނީ ފެނިފައެވެ. އަދި އޭނާގެ ހާލުވެސް ރަނގަޅު ކަމުގެ އުފާވެރި ހަބަރު އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އައްޔަބެ ހޯދުމުގެ މަސައްކަތުގައި އެކި ފަރާތްތަކުން ވެދެއްވި އެހީތެރިކަމާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި އެއްބާރުލުމަށް އާއިލާގެ ފަރާތުން ވަނީ ހުރިހާ ފަރާތްތަކަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް