ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓް

ކ. ތުލުސްދޫ ކަނޑުއޮޅި ކައިރިން މިރޭ ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެ، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، ތުލުސްދޫ ކަނޑުއޮޅި ކައިރިން ދެ ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 19:19 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން މެރިން ޕޮލިސްއިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންނަށް ތުލުސްދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ތުލުސްދޫ ޕޮލިސްއާ ގުޅިގެން ދަނީ ކުރަމުންނެވެ. ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް ކުރިން ވިދާޅުވި ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް