ގަތުލުއާންމުގެ ކުށް ހިމަނަން އިސްލާޙު ގެނައުމުގެ ބިލުގެ މަސައްކަތް މަޖިލީހުގެ އެޖެންޑާއިން އުނިކޮށްފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ މުހިންމު ގޮތެއްގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި ނުވި ނަމަވެސް، މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މާދަމާ މުހިންމު 13:30 ގައި ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އޮންނާނެކަން އިއުލާންކުރައްވާފައެވެ. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މިއަހަރުވެސް ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ފާސްކުރި ބަޖެޓުގެ ތެރެއިން ޚަރަދުތައް މެނޭޖުކުރުމެވެ.

ގާނޫނުގައިވާ ގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންޖެހެއެވެ. ބަޖެޓު ހުށަހެޅުމުން ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތަކާއި، މަޝްރޫއުތަކާއި، މުސާރައާއި ލޯނު ދެއްކުމުގެ ތަފްސީލުގެ އިތުރުން ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ އެނގިގެންދާނެއެވެ. ބަޖެޓު ފާސްކުރާނީ މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީ މަރުހަލާގައި ބަހުސްކޮށް ގެންނަ އިސްލާހުތަކާއެކުގައެވެ. އަދި މާލީ ވުޒާރާއިން ދަނީ 2029 ވަނަ އަހަރާ ހަމައަށް މެދުރާސްތާގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް