ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި

މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލި މައްސަލަތަކެއްގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ވީނަސް، ޙިއްސާނު ޢަލީ (34އ)، ނ. ހޮޅުދޫ، ހީނާގެ، ޢަލީ ޢައްފާން (32އ) އަދި ނ. ހޮޅުދޫ، ޕްލާޒާ، މުޙައްމަދު ޙަމީދު (34އ) އެވެ.

އޭގެ ތެރެއިން ޙިއްސާނު ޢަލީ ހައްޔަރުކުރީ ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ 30,000 ރުފިޔާ އަތުލި މައްސަލައެއްގައި އޮކްޓޫބަރު 25 ގައި ނ. ވެލިދޫއިންނެވެ. އަދި ޢަލީ ޢައްފާން އާއި މުޙައްމަދު ޙަމީދު ހައްޔަރުކުރީ އިންޖީނެއް ވިއްކާނެ ކަމަށް ބުނެ 30,000 ރުފިޔާ އަތުލި މައްސަލައެއްގައި އޮކްޓޫބަރު 24 ގައި ނ. ހޮޅުދޫއިންނެވެ. ކޯޓަށް ހާޒިރުކުރުމުން މި ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް