ބަނގުރާ ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އައްޑޫ ހިތަދޫއިން ހައްޔަރުކުރި ދެ މީހުން---

ބަނގުރާ ބޭނުންކޮށް، ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ ހިތަދޫއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ހަމްދަރުދީގޭ، ޢަލީ ރާޢިލް މުނީރު (23އ) އާއި، ސ. މަރަދޫފޭދޫ، ވައިލެޓްވިލާ، މުޙައްމަދު ޝާމިޙު މަންޞޫރު (19އ) އެވެ. ފުލުހުން މި ދެ މީހުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅި ވަނީ ފެނިފައެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށްވެސް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް