މީގެ ކުރިން ގަވައިދާ ހިލާފަށް ހިންގި ކާބޯތަކެތީގެ ވިޔަފާރިއަކުން ތައްޔާރުކޮށްފަައިވާ ތަކެތި-- ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ދަފްތަރުކޮށްގެން އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް އަންނަ މަހު އިންސްޕެކްޓްކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ މިންގަނޑުތަކަށް ތަބާވާމިންވަރު ބެލުމަށްޓަކައި އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ސަރވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މުއްދަތުގެ ތེރޭގައި އިންސްޕެކްޓަރުން ކާބޯތަކެތި ތައްޔާރުކުރާ ގެތަކަށް ޒިޔާރަތްކުރާނެއެވެ.

މި އަހަރުގެ ޖޫން މަހު އެކުލަވާލި ގަވާއިދެއްގައިވާ ގޮތުން، ކާބޯތަކެތި ބަންދުކުރަންވާނީ ފުޑް ގްރޭޑަޑް މެޓީރިއަލްސްގައެވެ. އަދި ޕެޓް ފުޅިފަދަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާކަމެކެވެ. މީގެ އިތުރުން، މީހުން ދިރިއުޅޭ ތަންތަނުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް ހަދާ ތަންތަން ރަޖިސްޓަރީކުރަން ލާޒިމުނުވި ނަމަވެސް، އެފަދަ ތަންތަނުންވެސް އެމްއެފްޑީއޭގެ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކުރަންޖެހޭނެ ކަމަށް އެ އޮތޯރިޓީން ހަނދާންކޮށްދީފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް