މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަޙްމަދު ޝަފްނީޒް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް ޝަފްނީޒް އައްޔަންކުރައްވާފައިވަނީ، އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ސަރުކާރުން ހުށަހެޅުއްވުމުން، މަޖިލީހުން އެ ނަންފުޅު ފާސްކޮށްދެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް އައްޔަންކުރެއްވި އަޙްމަދު ޝަފްނީޒަކީ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި، ޓެކްސްއާއި މާލީ ދާއިރާއިން އަމަލީ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.





