ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެޔަކަށާއި 5 ވޯކްޝޮޕަކަށް އަސަރުކޮށްފި

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި، އަލިފާނުގެ އަސަރު އެ ސަރަހައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި، ނުރައްކާ ބޮޑުވި ސަރަހައްދުގެ ގެތަކުން މީހުން މިހާރު ވަނީ ރައްކާތެރިކަމާއެކު ހުސްކޮށްފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، ފުނަދޫ އެއާޕޯޓް ފަޔަރ އަދި އާންމު ރައްޔިތުން އެކީގައި ހަރަކާތްތެރިވަމުންދާއިރު، ކުޅުދުއްފުށިން އެމްއެންޑީއެފްގެ ފަޔަރ ޓީމުވެސް މިހާރު ވަނީ އެ ރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވާން ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް