ސްރީ ލަންކާއިން ރާއްޖެއަށް 250,000 ރުފިޔާއަށްވުރެ ގިނަ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފި

ރާއްޖެއަށް އަސާސީ ބޭސް ފޯރުކޮށްދިނުމުގެ ގޮތުން ސްރީ ލަންކާއިން 250,000 ރުފިޔާއަށްވުރެ ބޮޑު އަގުހުރި ބޭސް ހަދިޔާކޮށްފިއެވެ.

މި ބޭސްތައް ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދާ ޖަޔަތިއްސާ ބޭސްތައް ހަވާލުކޮށްދެއްވިއިރު، ދިވެހި ސަރުކާރުގެ ނަމުގައި އެ އެހީއާ ހަވާލުވެވަޑައިގަތީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

މި އެހީއަކީ ރާއްޖޭގެ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ އެދިވަޑައިގަތުމާ ގުޅިގެން ފޯރުކޮށްދިން އެހީއެކެވެ. މި ބޭސް ހަދިޔާކުރުމުގެ ކަންކަމުގައި ލަންކާގެ މެޑިކަލް ސަޕްލަޔާސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަންގެ އިތުރުން ޗޭމްބާ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީންވެސް ވަނީ ބައިވެރިވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް