ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައިގައި އިއްޔެ ހައްޔަރުކުރި ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން (25 އަހަރު) ގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު އިތުރު 12 ދުވަސް ދީފިއެވެ.
މިދިޔަ ހޯމަ ދުވަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޖުމާން ވަނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށް ބުނެ، އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް ހަމަނުޖެހުން ހިންގުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ސަލީމްගේ ރެޑްވޭވް ފިހާރަ ލޫޓުވާލުމަށްވެސް އޭނާ އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައިގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންވެސް ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.





