އޮގަސްޓް މަހު ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ދަށަށް: އިންފްލޭޝަން ރޭޓު %5.6 އަށް

މިދިޔަ އޮގަސްޓް މަހު މާލެއާއި އަތޮޅުތެރޭގައި ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް ދަށަށް ގޮސް، އިންފްލޭޝަން ރޭޓު %5.6 އަށް ދަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާ ގޮތުގައި، ޖޫން މަހު %7.8 އަށް އުފުލުނު މާލެ ސަރަހައްދުގެ ކާބޯތަކެތީގެ އިންފްލޭޝަން ވަނީ އޮގަސްޓް މަހު %5.8 އަށް ދަށްވެފައެވެ.

އަތޮޅުތަކުގެ ކާބޯތަކެތީގެ އިންފްލޭޝަން: އޭޕްރީލް މަހުން ފެށިގެން އަތޮޅުތަކުގައި އުފުލެމުންދިޔަ އިންފްލޭޝަން ރޭޓު ވަނީ އޮގަސްޓް މަހު %5.4 އަށް ދަށްވެފައެވެ (އޭޕްރީލް: %5.8، މެއި: %6، ޖޫން: %7.1، ޖުލައި: %7.1).

މީގެއިތުރުން، މާރިޗު މަހުން ފެށިގެން ދަތުރުފަތުރުގެ އަގުތައް މަތީގައި ހުރުމަށްފަހު އޮގަސްޓް މަހު ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ %9 ގައެވެ. ދަތުރުފަތުރުގެ އަގުތައް މަތީގައި ހުރި ނަމަވެސް، އެހެން ދާއިރާތަކުގެ އަގުތައް ދަށްވުމާ ގުޅިގެން ޖުމްލަ އޯވަރޯލް އިންފްލޭޝަން ރޭޓު ހުރީ %1.8 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް