މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ

ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ "ރާސްތާ" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ދިޔަވަމުންދާތީ، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ފުވައްމުލަކާ ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ބޭރުންނެވެ. ފުލުހުން ބުނިގޮތުގައި، މި މައުލޫމާތު އެމްއެންޑީއެފުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 15:08 ހާއިރު ކަމަށެވެ.

އެ ދޯނީގައި ޖުމްލަ ފަސް މީހުން ދަތުރުކުރަމުންދިޔައިރު، އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ބިދޭސީއެކެވެ. މިހާރު ކަމާބެހޭ އިދާރާތަކުން ދަނީ އުޅަނދަށާއި އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސްކޮށް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް