އޮޑިޓަރ ޖެނެރަލް

އޮޑިޓަރު ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް ބޭނުންވާ 133.5 މިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ ފާސްކުރައްވާފައެވެ.

އޮޑިޓަރު ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133,590,266 ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަންނަ އަހަރު ޖުމްލަ 394 އޮޑިޓެއް ކުރުމަށް ތާވަލުކޮށްފައިވާ އިރު، ފާސްކުރި ބަޖެޓުގެ މައިގަނޑު ތަފްސީލުތަކަކީ:

  • ރިކަރަންޓު ޚަރަރު: 85.8 މިލިއަން ރުފިޔާ

  • ޕީއެސްއައިޕީ (ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އޮޑިޓް އޮފީސް): 43.5 މިލިއަން ރުފިޔާ

  • އިދާރީ ޚަރަރު: 19.8 މިލިއަން ރުފިޔާ

  • މުވައްޒަފުން ތަމްރީނުކުރުން: 10.6 މިލިއަން ރުފިޔާ

  • އޮޑިޓަރު ޖެނެރަލްގެ މުސާރައާއި އިނާޔަތް: 981,000 ރުފިޔާ (މުޅި ބަޖެޓުގެ ގާތްގަނޑަކަށް ⁦1%⁩)

މި އަހަރަށް އޮޑިޓް އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް 56.9 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، އަހަރުގެ ބާކީ މުއްދަތުގައި އިތުރަށް 45 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ. އެހެންކަމުން އަހަރު ނިމޭއިރު ބޭނުންނުކުރެވި ބާކީވާނެ ކަމަށް ލަފާކުރެވޭ 31 މިލިއަން ރުފިޔާވެސް ހިމަނައިގެން އަންނަ އަހަރުގެ ބަޖެޓުގެ ކަންކަން ރާވާފައިވާ ކަމަށް އެ އޮފީހުން ވަނީ ބަޔާންކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް