ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައިވެސް ބޮޑު މަންފާ ހޯދޭނެ ކަމެއް: މެޑަމް ސާޖިދާ

ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު މިހާރު ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައިވެސް ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވޭނެ މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި، އެކަމަނާ ވަނީ ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ހިދުމަތްތެރިންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ކޮންމެ ގެއެއްގެ ނުވަތަ ގޯއްޗެއްގެ ތެރޭގައިވެސް ދަނޑުވެރިކަމުގެ ކޮންމެވެސް މަސައްކަތެއް ކުރުމަކީ މާހައުލުގެ ފެހިކަން އިތުރުވެ، ވައި ސާފުވުމުގެ އިތުރުން ރައްކާތެރި އަދި ސިއްހީގޮތުން ފައިދާހުރި ކާނާ އަމިއްލައަށް ހޯދުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ދަނޑުވެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 2009 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 16 އާ ގުޅުވައިލުމުގެ ގޮތުންނާއި، މި ދާއިރާ ފުޅާކުރުމަށް މަގުފަހިކުރުމަށްޓަކައި، 2020 ވަނަ އަހަރުން ފެށިގެން ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް