ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގަވާއިދާ ހިލާފަށް ސައިކަލު ދުއްވަން އިން އަހުމަދު އުވެއިސް (22 އަހަރު)

މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ގަވާއިދާ ހިލާފަށް ސައިކަލު ދުއްވަން އިން އަހުމަދު އުވެއިސް (22 އަހަރު)، ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލީ ތަހުގީގަށް އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށްގެންދަންޖެހޭ ބައި ނިމުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ސައްހަ ނޫން ސްލިޕެއް ބޭނުންކޮށްގެން ގެސްޓްހައުސަކުން ކޮޓަރިއެއް ނެގި މައްސަލައެއްގައި މި މަހުގެ 1 ވަނަ ދުވަހު ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވަނިކޮށް، ފުލުހުން އޭނާ ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ތިން މީހުން އަރުވައިގެން އެއްކޮޅަށް ދުއްވާ މަގެއްގައި ގަވާއިދާ ޚިލާފަށް އުވެއިސް ދުއްވި ސައިކަލު، އެއް އާއިލާއެއްގެ ދެ މީހުން ތިބި ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި އެންމެންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެ މީހަކު ވެންޓިލޭޓަރުގައި އޮތްއިރު، ފުލުހުން ފާހަގަކުރި ގޮތުގައި އުވެއިސްއަކީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއްވެސް ނޫނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް