ފުލުހަކު މަގުމަތީ ޓްރެފިކް ބަލަހައްޓަނީ

އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވި 22 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތްދީފިއެވެ.

މިއީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކުރާ މީހުން ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމަށް ފެށި މަސައްކަތުގެ ދަށުން، ފުލުހަށް ހާޒިރުކުރި ފުރަތަމަ މީހާއެވެ.

އޭނާގެ ރެކޯޑުތަކަށް ބަލާއިރު އާންމުން ބިރުގަންނަ ގޮތަށް ސްޓަންޓް ޖެހުމާއި، ޒިގްޒެގްކޮށް ބާރު ސްޕީޑުގައި ދުއްވުމާއި، ވަންވޭއާ ޚިލާފަށް ދުއްވުމުގެ އިތުރުން ފޯނުން ވާހަކަދައްކަމުން ދުއްވުން ހިމެނެއެވެ.

މީގެއިތުރުން އުޅަނދުގެ އަހަރީ ފީ ހަމަވެފައިވަނިކޮށް ދުއްވުމާއި، ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ގަވާއިދާ ޚިލާފަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް