ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ރާއްޖެއިން ހުށަހެޅި ހިރިގަލުގެ މިސްކިތްތަކުގެ އިވެލުއޭޝަން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، އުންމީދަކީ އަންނަ އަހަރުގެ ފަހުކޮޅު އެ މިސްކިތްތައް ދާއިމީ ލިސްޓުގައި ހިމެނިގެންދިއުން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިރޭ ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވަނީ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ އާސާރީ ތަންތަން ހިމެނުމަށް މަސައްކަތް ކުރާތާ 13 އަހަރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

މިދިޔަ ޖަނަވަރީ މަހު ރާއްޖޭގެ ހިރިގަލުގެ ހަތް މިސްކިތެއް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ފޮނުވުމުން އެ ސިޓީ ބަލައިގަނެފައިވާކަން މިދިޔަ މަހު އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް އެ މިސްކިތްތައް ބަލައި، އިވެލުއޭޓުކޮށް ނިންމާފައިވާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ، މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ތަރިކަ ބަލައިގަނެ، ގައުމީ އިގުތިސާދަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް