މޭރީ އާއި ފިރިމީހާ މާވިން

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގެ ކުށް ސާބިތުވެ، އޭނާގެ ފިރިމީހާ މާވިން އެސްވައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މާވިންގެ ފަރާތުން މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް، އެ މައްސަލަ ބަލައިގަތުމާމެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އޮކްޓޫބަރު 2021 ގައި ހިނގި މި ހާދިސާގައި، މޭރީ މަރާލުމުގެ ދައުވާ ސާބިތުވި މާވިން (އިސްލާމްވުމަށްފަހު ނަން: ޔޫސުފް) އުމުރަށް ޖަލަށްލުމަށް ދައުލަތުން އެދުނީ އޭނާއަކީ އަނިޔާލިބުނު މީހާގެ ފިރިމީހާ ކަމަށްވެފައި، އެ އަމަލުގައި އެއްވެސް ރަހުމެއް ނެތުމުންނެވެ. މި މައްސަލައިގައި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލަށް ހުއްދަނޫން ގޮތުގައި ބާރުހިންގުމުގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނުނަގައި ކުރުމުގެ ކުށް ސާބިތުވެ 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް