ބްރިޖު ހައިވޭ

ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި މިއަދު ހަވީރު ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިއަދު ހަވީރު 16:55 ހާއިރު ރިޕޯޓްކުރި މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އަންހެނެއްގެ އަތް ބިންދައިގެންގޮސް އިތުރު އަނިޔާތަކެއް ވެސް ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް