މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 19 އަހަރުގެ ދިވެހި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ރޭ 22:14 އެހައިކަންހާއިރު ރިޕޯޓުކުރި މި ހާދިސާގައި އަނިޔާވި ޒުވާނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެއާއި ސިނަމާލެ ބުރިޖު ހިމެނޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަތް އެކްސިޑެންޓު ހިނގައެވެ.





