ސްކޭމް

މިދިޔަ ސެޕްޓެންބަރު މަހުގެ 27 އިން އޮކްޓޫބަރު 3 ގެ ނިޔަލަށް ސްކޭމްގެ 41 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގައި ސްކޭމްތަކުގައި 386,611.68 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 381,503 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި ފައިސާ މާރުކުރުމުގެ 16 މައްސަލައާއި، އީކޮމާސްގެ 14 މައްސަލައިގެ އިތުރުން އިންވެސްޓްމެންޓް ސްކޭމްގެ 5 މައްސަލަ ހިމެނެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު އޭއައި ބޭނުންކޮށްގެން ހަދާ ޑީޕް ފޭކް ކޮންޓެންޓްތައް މެދުވެރިކޮށް ސްކޭމްތައް ހިންގުން އިތުރުވަމުންދާތީ، އެންޓި ސްކޭމް ސެންޓަރުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް