އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ރަސްފަންނު ސަރަހައްދުގައި މަސައްކަތް ކުރިއަށް ގެންދަނީ --- ފޮޓޯ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުން ފެށި މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުގެ ގާތަކާއި ދުވާރު ނެގުމުގެ މަސައްކަތެވެ. އަދި މި ހަފްތާގެ ތެރޭގައި މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޖުމްހޫރީ މައިދާނުން ފެށިގެން ނޯތު ހާބަރާ ހަމައަށް އަދި ދެވަނަ ފިޔަވަހީގައި ހެންވޭރު ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މަގު ފުޅާކޮށް ތަރައްޤީކޮށްފައިވާއިރު، ތިންވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާނީ މަގުގެ ނުހެދި އޮތް ބައިތަކެވެ. މިއީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ފަސޭހަކޮށް، މަގުތައް އޮމާންކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް