ހުޅުމާލެ

ހުޅުމާލެ ފޭސް 1 ގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައި ޓޯކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 4 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ދިއްގާމަގުން ބާރު ސްޕީޑުގައި ދިޔަ ދެ ސައިކަލެއް މަޑުކުރަން އެންގުމުން ފިލަން މަސައްކަތްކޮށް، ނިރޮޅުމަގުގައި ޒިގްޒެގްކޮށް އަދި ނުރައްކާތެރިކޮށް އޯވަރޓޭކް ކުރަމުން ދަނިކޮށް ފުލުހުން ވަނީ އޭގެ ތެރެއިން އެއް ސައިކަލު ހުއްޓުވާފައެވެ.

އެ ސައިކަލުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާއިރު، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިވާތީ އެ ސައިކަލު ވަނީ ޓޯކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް