މެރިން ހެޗަރީ ޕްރޮގްރާމު

މެރިކަލްޗަރގެ ދާއިރާއިން ފަންނީ ހުނަރު އިތުރުކުރުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ 4 ވަނަ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ހުޅުވާލައިފިއެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކ. މަނިޔަފުށީގައި ކުރިއަށްގެންދާ 14 ދުވަހުގެ މި ތަމްރީނު އޮންނާނީ އޮކްޓޯބަރު 31 އިން ނޮވެމްބަރު 12 އަށެވެ. 15 ބައިވެރިންނަށް ފުރުސަތު ދޭ މި ކޯހަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 18 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

މި ކޯހުގައި އެކުއަކަލްޗަރގެ ނިޒާމުތަކާއި، ފާނައާއި ހުއިފިލަނޑާ، މާގަނޑުމަސް އަދި އިތާމުތް ފަދަ ތަކެތި ވިއްސައި އާލާކުރުމުގެ އިތުރުން މަސްމަހާމެހީގެ ބަލިތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޯހުގެ ބައިވެރިންގެ ހުރުމާއި ކެއުމުގެ އިތުރުން މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އިންތިޒާމު ހަމަޖައްސައިދޭނީ އެމްއެމްއާރުއައިއިންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް