އާޓިފިޝަލް ބީޗު ކުރިމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗު ކުރިމަތީގައި ފަރުވާކުޑަކޮށް އަދި ނުރައްކާތެރި ގޮތަކަށް ސައިކަލު ދުއްވި މައްސަލައެއް މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެން ފުލުހުން ބަލަން ފަށައިފިއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޓްރެފިކް ބާރުބޮޑު ވަގުތެއްގައި ސައިކަލެއްގައި ތިބި ދެ ޒުވާނަކު ވަނީ ކާރު ލޭނުން ގޮސް، އެހެން ވެހިކަލްތަކަށް ހުރަސްއެޅޭ ގޮތަށް ނުރައްކާތެރިކޮށް މަޖީދީ މަގަށް ގޯޅިއަޅާފައެވެ.

ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އެ އަމަލު ހިންގި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ވެހިކަލް ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް