ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާއި އިސްލާމީ އިޤްތިޞާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިސްލާމިކް ޗޭމްބާ އޮފް ކޮމާސް އެންޑް ޑިވެލޮޕްމެންޓް (އައިސީސީޑީ)ގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީއާއެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޤާބިލުކަން އިތުރުކުރުމާއި، އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާއިރު، ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް ރައީސަށް ހަދިޔާކުރައްވާފައެވެ.
ސަރުކާރުން ވަނީ ހަލާލު ޓޫރިޒަމް ތަރައްގީކުރުމަށް ޚާއްސަކޮށްގެން 5 ރަށެއް (ހއ. ބިނާފުށި، ކަނޑާލިފިނޮޅު، ހދ. މަކުނުދޫ ފަރު 1، ށ. ފުށިފަރު އަދި ލ. ފޮނަގާދޫ) ބީލަމަށް ހުޅުވާލާފައެވެ.




