މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މ. މުލީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން، ބޮޑުހިލައިގެ ރެވަޓްމެންޓް ޖެހުމުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މުލީގެ ގޮނޑުދޮށުން ބިން ގިރަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ރަށުގެ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ.
Project Update: Construction of Shore Protection Structures at M. Mulah
Revetment construction works are ongoing.
Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/7Tb8itGvUX
— MTCC Plc (@MTCCPlc) September 1, 2026
ޖުމްލަ 17.66 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއަކީ 24 މާރިޗު 2022 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ގިރާ ސަރަހައްދުގެ 411 މީޓަރުގައި ބޮޑުހިލައިގެ ރެވަޓްމެންޓް ޖެހުމުގެ އިތުރުން، ގޮނޑުދޮށް މުއްސަނދިކުރުމަށްޓަކައި ވެލިއެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ރަށުގެ ގޮނޑުދޮށް އިތުރަށް ގިރުނަނުދީ ހިފެހެއްޓުމުގެ ގޮތުން މޫދަށް ފެތޭ ގޮތަށް ޖިއޯބޭގް ރެވަޓްމެންޓް ޖެހުމުގެ މަސައްކަތްތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.



