ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހއ. ފިއްލަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަލްޓި ޕާޕަސް ހޯލުގެ އަމަލީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އާރުޑީސީގެ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މިވަގުތު ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ތަނބުތަކުގެ ކޮލަމް ޝަޓަރިންގއާއި ކޮންކްރީޓް އެޅުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތަކުގެ މަސައްކަތްތަކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހއ. ފިއްލަދޫގައި އިމާރާތް ކުރާ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ ކޮލަމް ޝަޓަރިންގގެ މަސައްކަތް.#TeamRDC pic.twitter.com/WijZ5lknrR
— Road Development Corporation Ltd (@rdcmaldives) August 23, 2026
މި މަޝްރޫޢަކީ ފިއްލަދޫގެ އިޖުތިމާޢީ އަދި ތަޢުލީމީ ދާއިރާ ތަރައްޤީކޮށް، ރަށުގެ ރައްޔިތުންނަށް އެކި ބާވަތުގެ ހަރަކާތްތައް އެއްފުރާޅެއްގެ ދަށުން ބޭއްވޭނެ މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދާ ކޮލަމް ޝަޓަރިންގ މަސައްކަތް ނިމުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ތަނބުތަކުގައި ކޮންކްރީޓް އެޅުމާއި ރޭނުމުގެ މަސައްކަތްތައް ފެށިގެންދާނެއެވެ.
މި މަލްޓި ޕާޕަސް ހޯލު ނިމި ބޭނުންކުރަން ފެށުމުން، ރަށުގެ ސުކޫލް ކުދިންގެ ބައްދަލުވުންތަކާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ރަށު މުޖުތަމަޢުގެ އެކި އެކި ރަސްމީ އަދި ޣައިރު ރަސްމީ އެއްވުންތައް ބޭއްވުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އާރުޑީއިން ބުނެއެވެ.
ސަރުކާރުން އަމާޒުހިފާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، މަތީ ފެންވަރެއްގައި މި އިމާރާތުގެ މަސައްކަތްތައް ނިންމައި ރައްޔިތުންގެ ބޭނުންތަކަށް ހުޅުވާލުމަށެވެ.



