އޯޓީޕީ ހޯދައިގެން އެކައުންޓަކުން ފައިސާ ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށްފި

މީހަކަށް ގުޅައި އޯޓީޕީ ކޯޑު ހޯދުމަށްފަހު ބޭންކު އެކައުންޓަށް ވަދެ، 63,000 ރުފިޔާއާއި 21,000 ޑޮލަރު މަކަރާއި ހީލަތުން ފޭރުނު މައްސަލައެއްގައި 4 މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ދީފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، 24 އޮކްޓޫބަރު 2026 ގައި ހުށަހެޅުނު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:

  • އިބްރާހީމް ޝާރިފް (34އ) - ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް

  • ޖިނާޙު އަޙްމަދު (29އ) - ފ. ފީއަލި / މަތަރެސްމާގެ

  • އިބްރާހީމް މުޢާޒު (38އ) - ފ. ނިލަންދޫ / ނަޒުމު

  • ޢަލީ ދާއިން (21އ) - ލ. ގަން / މަތިމަރަދޫ. ލިލީނައިޓް

މި މީހުންގެ ތެރެއިން 3 މީހަކު އޮކްޓޫބަރު 28 ގައި ހައްޔަރުކޮށްފައިވާއިރު، ހަތަރުވަނަ މީހާ ހައްޔަރުކުރީ އޮކްޓޫބަރު 29 ގައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޖިނާޙު އަޙްމަދުގެ ބަންދަށް 10 ދުވަސް އަދި ދެން ތިބި 3 މީހުންගේ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ.

މި ސްކޭމް މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް