ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ލ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓު) އިން ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މިއަދު މެންދުރުފަހު 15:00 އިން މިރޭ 18:00 އަށް ނެރުނު މި ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކާއި އާންމުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި ދެކުނަށް މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކުރެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ވާރޭވެހުނު މިންވަރަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ މ. މުއްޔަށެވެ. އެ ރަށަށް 56.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ރ. އިފުރަށް 37.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭވެހުނު ބ. ދަރަވަންދޫއަށް 25.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކައެވެ.




