ހައިވޭގައި ލަމްބަގިނީއެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލޭގައި ލަމްބަގިނީއެއް ކޮންޓްރޯލް ނުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި ކާރަށާއި ސަރަހައްދުގެ ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ހުޅުމާލޭގެ މަގުތަކުގައި ބާރު ދުވެލީގައި ވެހިކަލްތައް ދުއްވުމުގެ މައްސަލައަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. މި އެކްސިޑެންޓާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ މައްސަލަ އިތުރަށް ތަހުގީގުކޮށް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް