ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ލަމްއާން މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން ކުންފުންޏެއްގެ އިސް މަގާމަކަށް އޭނާ އައްޔަންކުރެއްވުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. މި ބަދަލާ ގުޅޭ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.
-
އެމްއޭސީއެލް: ލަމްއާން އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރެއްވީ 1 ފެބްރުއަރީ 2024 ގައެވެ.
-
ފެނަކަ: މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އޭނާ ކުރައްވާފައިވެއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށްފަހު، ސަރުކާރުން ދަނީ ކުންފުނިތަކުގެ މެނޭޖްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މިގޮތުން ބަދަލުތައް ގެނައި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:
-
މިފްކޯ
-
އެމްޕީއެލް
-
ފެނަކަ
-
އެމްޑަބްލިއުއެސްސީ




