ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތިން ޓެކްސީ ލިބޭނެ ގޮތް ހަދައިފި އެވެ.
މި ބަދަލުތަކާއެކު، ޓާމިނަލް 2 ގެ ކުރިމަތީގައިވާ ސަރަހައްދުން ފަސިންޖަރުންނަށް ޓެކްސީއަށް އަރާފޭބުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ޓާމިނަލް 2 ގެ އެރައިވަލް ކުރިމަތީގައިވާ ސަރަހައްދު ޚާއްސަކޮށްފައިވަނީ ފަސިންޖަރުން ބޭލުމަށެވެ.
މި ސަރަހައްދުގައި އެއްފަހަރާ 4 ޓެކްސީއަށް މަޑުކޮށްލެވޭނެ އިންތިޒާމު ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން، ޓާމިނަލް 2 ގެ ޑިޕާޗަރ ކުރިމަތީގައިވާ ސަރަހައްދު ޚާއްސަކޮށްފައިވަނީ ފަސިންޖަރުން ޓެކްސީއަށް އެރުވުމަށެވެ. މި ސަރަހައްދުގައި އެއްފަހަރާ 5 ޓެކްސީއަށް މަޑުކޮށްލެވޭނެ ޖާގަ ވަނީ ހަމަޖައްސާފައެވެ.
އެމްއޭސީއެލް އިން ވިދާޅުވި ގޮތުގައި، މި ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާނެއެވެ.




