މާލޭ މާފަންނު ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވެއްޖެއެވެ.
މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކަމެއް މިހާތަނަކށް ތަހުގީގަށް ފާހަގަކުރެވިފައިނުވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު07:22 ހާއިރުކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް



 
    


