ފީނަން އެރި އުޅުނު ފަތުރުވެރިއަކު ޖުލައި 06 ވަނަ ދުވަހު ނިޔާވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރުފަރާތު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރިއެއް ނިޔާވެފައިވާ މައްސަލަ އެއް ޖުލައި 06 ވަނަ ދުވަހު 12:28 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
Advertisement
އަދި ނިޔާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެނެއްކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހާދިސާ އާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް