ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި މިއަދު ބަރުގޮނު ބޭނުން ނުކުރެއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިހެން ވިދާޅުވީ، މިއަދު ބާއްވާ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގެ އަޑުއެހުމުގެ ބައި ކުރިއަށްދާނެތީ، މަގުމަތީގައި އަޑުގަދަވެއްޖެނަމަ އެ އިމްތިހާނު ހަދާ ދަރިވަރުންނަށް އެއިން ދިމާވެދާނެ ދަތިތަކުން ދުރުކުރުވުމުގެ ގޮތުންނެވެ.
އެހެންކަމުން، މިއަދު ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ތޮއްޖެހިދާނެފަދަ ކަންތައްތަކުން އެއްކިބާވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
2025 މެއި 22 ވަނަ ދުވަހު ބާއްވާ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި މާއްދާގެ އަޑުއެހުމުގެ ބައި ކުރިއަށްދާނެތީ، ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހިދާނެފަދަ ކަންތައްތަކުން އެއްކިބާވެ، އަދި ބަރުގޮނު ބޭނުން ނުކުރެއްވުމަށް އިލްތިމާސްކުރަން. pic.twitter.com/sbvccrT70v
— Maldives Police (@PoliceMv) May 21, 2025
މި ޓެސްޓު ކުރިއަށްދާނީ މިއަދު ހެނދުނު 9:15 އިން 10:45 އަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ދަރިވަރުންނަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްދިނުމަށްޓަކައި އެންމެހައި ފަރާތްތަކަކުންވެސް އެއްބާރުލުންދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް