ކެލަރީ ގުނުމަށްވުރެ ބުއްދިވެރިކަމާއެކު ކެއުން މާ މުހިންމު

ބަރުދަން ހިފެހެއްޓުމަށްޓަކައި ގިނަ ބަޔަކު ކުރާ ކަމަކީ ކެވޭ ކެލަރީގެ މިންވަރު ގުނުމެވެ. ނަމަވެސް، އާ ދިރާސާތަކުން ދައްކާ ގޮތުގައި، ކާނާ ކާ ވަގުތާއި، ކާނާ ހަފާ މިންވަރާއި، އަދި ކެއުމުގައި ބޭނުންކުރާ ބާވަތުގެ ސަބަބުން ހަށިގަނޑަށް އެއިން ލިބޭ ކެލަރީގެ މިންވަރު ބޮޑުތަނުން ތަފާތުވެއެވެ.

ވަގުތުގެ މުހިންމުކަން

ކެއުމުގެ ވަގުތަކީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި ނުވަތަ "ސާކޭޑިއަން ރިދަމް" އާ ގުޅިފައިވާ ކަމެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި، އެއް މިންވަރަކަށް ކެލަރީ ކޭ ނަމަވެސް، ހެނދުނުގެ ނާސްތާ ބޮޑުކޮށް ނަގާ މީހުން، ރޭގަނޑު ބޮޑުކޮށް ކާ މީހުންނަށްވުރެ އަވަހަށް ބަރުދަން ލުއިވެއެވެ. އަދި ރޭގަނޑު 9 ޖެހުމުގެ ފަހުން ލުއިކާނާ ކެއުމަކީ ލޭގެ ހަކުރު މަތިވެ، ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ.

ލަސްލަހުން ކެއުން

ލަސްލަހުން ކެއުމަކީ ބަނޑުފުރޭކަން އަންގައިދޭ ހޯމޯންތައް ދޫކޮށްލަން ހަށިގަނޑަށް ފުރުސަތު ލިބޭ ކަމެކެވެ. މި ހޯމޯންތައް ލޭގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް ދެމިގަތުމަށް 15 އާއި 30 މިނެޓު ނަގައެވެ. އެހެންކަމުން އަވަސްއަވަހަށް ކާ މީހުންނަށް ބަނޑުފުރޭކަން އިހުސާސްވުމުގެ ކުރިން މާ ގިނައިން ކެވޭ ގޮތްވެއެވެ.

ކެއިންބުއިމުގެ އޮނިގަނޑު

ކާނާ ހުންނަ ގޮތުގެ ސަބަބުންވެސް ހަށިގަނޑަށް އެއިން ލިބޭ ކެލަރީ ތަފާތުވެއެވެ. މިސާލަކަށް ބަދަން ފަދަ ތަކެތި ރަނގަޅަށް ނުހަފާ ދިރުވާލައިފިނަމަ، އޭގައި ހުންނަ ހުރިހާ ކެލަރީއެއް ހަށިގަނޑަކަށް ނުނަގާނެއެވެ. ނަމަވެސް މާ ބޮޑަށް ޕްރޮސެސްކޮށްފައި ހުންނަ މަޑު ކާނާ ހަށިގަނޑަށް ދަމައިގަންނަލެއް އަވަސްވެފައި، އޭގެ ސަބަބުން ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ.

މީހާގެ ހަށިގަނޑުގެ ތަފާތު

ކޮންމެ މީހެއްގެ ބަނޑުގައި ހުންނަ ކުދި ޖަރާސީމުތައް ނުވަތަ "މައިކްރޯބްސް" ތަފާތެވެ. އެހެންކަމުން އެކައްޗެއް ކެއި ނަމަވެސް، އެކި މީހުންގެ ހަށިގަނޑު އެއަށް އިޖާބަދޭ ގޮތް ތަފާތެވެ. އައިޑެންޓިކަލް ޓްވިންސް ގެ މެދުގައި ވެސް މި ތަފާތު ހުރެއެވެ.

އެހެންވީމަ ހަމައެކަނި ކެލަރީ ގުނުމުގެ ބަދަލުގައި، ފައިބަރު ގިނަ ތަރުކާރީ އާއި މޭވާ ކެއުމަށާއި، ކާ ވަގުތަށާއި، ކާ ގޮތަށް ސަމާލުކަން ދިނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ މުހިންމު ކަންތައްތަކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް