ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނާ ގޮތުގައި މާޗާ ގައި ހިމެނޭ ކެފެއިންއަކީ ޚާއްސަ ސިފަތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އޭގައި އާދަޔާހިލާފު ބާރެއް އެބަވެޔޯލަ އެވެ. އެހެންވީމަ މީގައި އޮތް ހަގީގަތަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
އާދައިގެ ކޮފީއަކާ ޚިލާފަށް، މާޗާގައި ހިމެނޭ ކެފެއިން ހަށިގަނޑަށް ދަމައިގަންނަނީ ވަރަށް ލަހުންނެވެ. މީގެ ސަބަބުން، ކޮފީ ބުއިމުން ބައެއް ފަހަރު ވާ ގޮތަށް ހާސްވެ، ތުރުތުރުއެޅުން ނުވަތަ ކުއްލިއަކަށް ވަރުބަލިވުން ފަދަ ކަންކަމާ ކުރިމަތިނުވެ، ހަމަޖެހިލައިގެން ހުރެ ހަށިގަނޑު ހޭލައްވާލައިދެއެވެ. ހެއްވާލަ ދެ އެވެ.
މާޗާ އަކީ ހިއްކައިގެން ފުށަށް ހަދާފައިވާ ގްރީން ޓީގެ ބާވަތެކެވެ. އާންމު ގްރީން ޓީއާ ޚިލާފަށް، މާޗާ ހައްދަނީ ގަސްތައް ކަނޑާލުމުގެ ދުވަސްކޮޅެއް ކުރިން، އެކި ކަހަލަ ފޮތި ނުވަތަ ދާ ބޭނުންކޮށް ހިޔާކޮށްގެންނެވެ. މިގޮތަށް ހިޔާކުރުމުން "ފޮޓޯސިންތެސިސް" ގެ މަރުހަލާ ލަސްވެ، ގަހުގައި ހިމެނޭ ބައެއް މާއްދާތައް އިތުރުވެގެންދެއެވެ. މީގެ ތެރޭގައި ސިއްހަތަށް ފައިދާހުރި "ކްލޮރޯފިލް" ހިމެނެއެވެ. މާޗާ އަށް އެ ގަދަ ފެހިކަން ލިބެނީ މި ސަބަބާ ހުރެއެވެ.
މާޗާ ތައްޔާރުކުރަނީ ހޫނުފެނުގެ ތެރެއަށް އަޅައި، ރަނގަޅަށް ގިރާލައިގެންނެވެ. މިއީ އާދައިގެ ސައިފަތް ފެނުކައްކާލުމާ ތަފާތު ގޮތެކެވެ. ތަޖުރިބާކާރުން ބުނަނީ، މިގޮތަށް ތައްޔާރުކުރުމުން މާޗާގައި ކެފެއިން، އެމީނޯ އެސިޑް، އެންޓިއޮކްސިޑެންޓްސް އަދި ހަށިގަނޑުގެ ދުޅަހެޔޮކަމަށް އެހީތެރިވާ މާއްދާތައް އާދައިގެ ސަޔަށްވުރެ މާ ގިނައިން އެކުލެވިގެންވާ ކަމަށެވެ.
އެހެންވީމަ، މާޗާގައި ހިމެނޭ ކެފެއިންގެ ސަބަބުން ކުރެވޭ އިހުސާސް ތަފާތު ހެއްޔެވެ؟
ކޮފީ އާއި ސައިގައި ހިމެނޭ ކެފެއިންގެ މިންވަރު އެކި ބާވަތްތަކުގައި ތަފާތުވެ އެވެ. އާދައިގެ ގްރީން ޓީއަށްވުރެ މާޗާގައި ކެފެއިން ގިނަ ނަމަވެސް، ކޮފީއާ އަޅާބަލާއިރު މާޗާގައި ކެފެއިން ހުންނަނީ މަދުންނެވެ. މި ބުއިންތަކުން ކުރެވޭ އިހުސާސް ތަފާތުވަނީ، މަދުވެގެންވެސް މިންވަރަކަށް، މި ސަބަބާ ހުރެ ކަމަށް ބެލެވެއެވެ.
ކޮފީ ތަށްޓެއްގައި ގާތްގަނޑަކަށް 80 އާއި 120 މިލިގްރާމްގެ ކެފެއިން ހުންނައިރު، މާޗާގެ ސާވިންގްއެއްގައި ހުންނަނީ 30 އާއި 70 މިލިގްރާމާ ދެމެދުގެ މިންވަރެކެވެ. ކެފެއިން ހުންނަ މިންވަރު މިހާ މަދުވުމަކީ، އޭގެ ސަބަބުން ހަށިގަނޑަށް ލިބޭ އަސަރު މަޑުމައިތިރިވެފައި އޮމާންވުމަށް ދިމާވާ ސަބަބަކަށް ވެދާނެއެވެ.
މީގެ އިތުރުން، ކެފެއިން އާއި އެލް-ތިއަނިން އެކުވުމުން، ކޮފީ ބުއިމުން ބައެއް މީހުންނަށް ދިމާވާ ކުއްލި ސިހުމާއި ވަރުބަލިކަމުގެ ބަދަލުގައި، ވަރަށް ލަސްލަހުން އަދި ހަމަހަމަކޮށް ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ.
އެހެންނަމަވެސް، ކެފެއިންގެ އަސަރު ކުރާ މިންވަރު އެކި މީހުންނަށް ތަފާތެވެ. ބައެއް މީހުންނަށް މާޗާ ބުއިމުން ހަމަޖެހޭ ހަކަތައެއް ލިބުނު ކަމުގައިވިޔަސް، އަމިއްލަ މީހާގެ ހަށިގަނޑަށް ކެފެއިންގެ އަސަރު ކުރެވޭ މިންވަރަށް ބަލައި، ހަމަހަމަ ގޮތެއްގައި މި ދެ ބުއިންވެސް ބޭނުންކުރެވިދާނެއެވެ.




