ޑައިވްކުރަނިކޮށް މަރުވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް މަރުވި ސިފައިންގެ ސާޖެންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ހަނދާނަށް އިޓަލީގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" ދިނުމަށް އެ ގައުމުން ނިންމައިފިއެވެ.

ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީން ހާމަކުރި ގޮތުގައި، މަހުދީގެ ހަނދާނަށް މި އިއްޒަތް އެރުވުމަށް ނިންމީ އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގައި އޭނާ ދެއްކި އާދަޔާ ހިލާފު ހިތްވަރާއި އިންސާނިއްޔަތަށްޓަކައި ކުރި މަތިވެރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

 މީގެއިތުރުން، ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ފަންޑްރެއިޒިން ހަރަކާތެއް ފަށާފައެވެ. "ސާޖެންޓް މަހުދީ މެމޯރިއަލް ފަންޑު" ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަށް މި އަހަރުގެ ނިޔަލަށް ފައިސާ ހަދިޔާކުރެވޭނެއެވެ. އެމްބަސީން ބުނި ގޮތުގައި މި ހަރަކާތުން ލިބޭ ފައިސާ ހަވާލުކުރެވޭނީ މަހުދީގެ ޝަރުއީ ވާރުތަވެރިންނާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް