2026 ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ދެވޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމުން އެޗީވް ވާނެގޮތައް މަސައްކަތް ކުރިއަށްގެންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަށްރަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތްތާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ވަޒީރު ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ޑިޒައިން ފައިނަލްނުކޮށް ޕްރޮޖެކްޓުތައް ހިންގާފައިހުރި ކަމަށާއި އެފަދަ ތަންތަނަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެއްބަސްވުމާ ޚިލާފަށް ޓެންޑަރ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އަމިއްލަ ކުންފުނިތަކާ ސަބްކޮންޓްރެކްޓް ކޮށްފައިހުރިކަން ފާހަގަކުރެވުނުކަމަށެވެ.
އަދި އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަތް ފޯރުކޮށްދިނުމަކީ ރައީސްގެ އަމާޒެއް ކަމަށާއި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެކަން ހާސިލް ކުރެވޭނެ ކަމަށާއި ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓި އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދާތީ އެ އެއްބަސްވުން އުވާލައި މަޝްރޫއުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ޑިޒައިން ފައިނަލްނުކޮށް ޕްރޮޖެކްޓުތައް ހިންގާފައިހުރި ކަމަށާއި އެއްބަސްވުމާ ޚިލާފަށް ޓެންޑަރ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އަމިއްލަ ކުންފުނިތަކާ ސަބްކޮންޓްރެކްޓް ކޮށްފައިހުރިކަން ފާހަގަކުރެވުނު ކަމަށާއި މިހާރު އެމްޑަބްލިއުއެސްސީއާ މަޝްރޫއުތައް ހަވާލުކޮށް، ކުރިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނަގައި އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވަޒީރު ޑރ. މުޠަލިބު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް