ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު އިންޑިއާގެ "އެމްއެސް ކޯޑީލިއާ އެމްޕްރެސް" ނަމަކަށް ކިޔާ ކްރޫޒްލައިނާއެއް ރާއްޖެއަށް އައިސް، އޭގައި ހިމެނޭ ފަތުރުވެރިން މާލެއަށް ފައިބައިފިއެވެ.
އިންޑިއާގެ ކޮޗިންއިން ފުރައިގެން ރާއްޖެ އައި މި ކްރޫޒްލައިނުން އައި 1,473 ފަތުރުވެރިންނާއި 613 ކްރޫ މެންބަރުންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.
ކޯޑީލިއާ ކްރޫޒްއަކީ އިންޑިއާ، ސްރީލަންކާ އަދި ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކުރާ ކުންފުންޏެކެވެ. މިއަހަރުގެ މިހާތަނަށް ކްރޫޒްލައިންތަކުން ރާއްޖެއަށް 15,583 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 8,263 ފަތުރުވެރިންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.





