"އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް ހުޅުވާލައިފި

އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ބަލާލެވޭ "އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

މިހާތަނަށް މި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުރީ ހަމައެކަނި މާލެ ސަރަޙައްދުގެ ފިހާރަތަކާއި މާރުކޭޓުތަކުން އިންސްޕެކްޝަން ޓީމުތަކުން އެއްކުރި މަޢުލޫމާތު ކަމަށްވީ ނަމަވެސް، "އަގުމަގު" އެޕްލިކޭޝަން ތަޢާރަފްކުރުމާއެކު އަތޮޅުތެރޭގެ ރަށްރަށުގައި ތަކެތި ވިއްކަން ހުންނަ އަގުތައްވެސް މިހާރު ފެންނާނެއެވެ.

މި ޕޯޓަލްގައި ރަޖިސްޓްރީވުމުން، ފިހާރަތަކުގައި ހުރި މުދަލުގެ އަގުތަކާއި ސްޓޮކުގެ މަޢުލޫމާތު އާންމު ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެއެވެ. ވިޔަފާރިތަކަށް http://agumagu.trade.gov.mv ލިންކު ނުވަތަ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓްރީވެވޭނެއެވެ. މި ޕޯޓަލްގައި ހިމެނޭ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ ބައިނަލްއަޤްވާމީ އަދި ޤައުމީ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް